ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނަގާ ބިލް ދިރާސާކުރަނީ ސިއްރުކޮށްގެން

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓް ނެގުމާ ގުޅޭ ބިލް ދިރާސާކުރުމުގެ މަސައްކަތް ސިއްރު ބައްދަލުވުންތަކެއްގައި ކުރިއަށްގެންދިއުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

މިއަދު ހެނދުނު ބިލް ދިރާސްކުރުމަށް ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި އެ ހުށަހެޅުމަށް ވޯޓަށްއަހާ، ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލުކުރުން ހިމެނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކާއި، ޤައުމީ މުހިންމު މައްސަލަތަކުގައެވެ. މީގެ އިތުރުން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ މާއްދާތަކަށް އިސްލާހު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު، ރިޔާސީ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރުން ފަދަ މުހިންމު ބަދަލުތަކުގައިވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހެއެވެ.

ބިލުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމެއް ހުށަހަޅާތާ ފަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުގެ ފުރިހަމަ އިބާރާތް އާންމުކުރަންޖެހެއެވެ.

މި ބިލުގެ މައިގަނޑު މަޤްސަދަކީ ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހައި އުސޫލުތައް ޤާނޫނެއްގެ ތެރެއިން ކަނޑައެޅުމެވެ. މީގެ ތެރޭގައި ވޯޓު ނެގޭނެ ހާލަތްތަކާއި، އެކި ފަރާތްތަކުގެ ދައުރާއި ޒިންމާތައް އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ