’މީޑިޔާ ބިލު‘ ގެ މިއަދުގެ ކޮމިޓީ ބައްދަލުވުންތައް ކެންސަލްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މީޑިޔާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ހުށަހަޅާފައިވާ މީޑީޔާ ބިލާ ގުޅޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބައްދަލުވުންތައް އެ ކޮމިޓީ އިން ކެންސަލްކޮށްފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހާއި، ޔޫތު އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ އިތުރުން މޯލްޑީވްސް ޖާނަލިސްޓްސް އެސޯސިއޭޝަން އާއި މިއަދު ބައްދަލު ކުރައްވާނެ ކަމަށެވެ. ނަމަވެސް މިއަދު ކޮމިޓީ މަސައްކަތްތައް އާންމުކުރި އިރު މި ތިން ބައްދަލުވުމުގެ މަސައްކަތްތައް އާންމުކޮށްފައެއް ނުވެއެވެ.

އެ ތިން ބައްދަލުވުން ކެންސަލް ކުރި ސަބަބުނ ހާމަކޮށްފައެއް ނުވެއެވެ. އެ ތިން ބައްދަލުވުން ކެންސަލް ކުރި ނަމަވެސް އެ ކޮމިޓީ އިން މިއަދު ހެނދުނު 9 ޖެހިއިރު އެހެން ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެ ބައްދަލުވުމަކީ ’ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ބިލު‘ ދިރާސާކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލު ކުރެއްވުމެކެވެ.

މީޑީޔާ ކޮންޓްރޯލް ބިލަކީ މިދިޔަ މަހު ކުރީކޮޅު މިނިވަން މެންބަރު، ތުޅާދޫ ދާއިރާ މެންބަރު ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ހުރި ކަންކަމަށް ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމާ ގުޅިގެން އިހުތިޖާޖު ތަކެއްވެސް ކުރިއެވެ. މިނިސްޓަރު އަސްވާޑާއި މިނިސްޓަރު ޙަލީލު އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިންނާ ބައްދަލު ކުރެއްވިއެވެ. އަދި ބައެއް ނޫސްވެރިންނާ ރައީސް ބައްދަލު ކުރެއްވިއެވެ.

މި ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް މިދިޔަ އާދިއްތަ ދުވަހު ކޮމިޓީން، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާ ވެސް ބައްދަލުކުރިއެވެ. އަދި އިއްޔެ މީޑިއާތަކާ ވެސް ބައްދަލުކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މީޑިއާ ބިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ