އިންވެސްޓްމަންޓްގެ ފުރުޞަތުކާއި ގުޅޭގޮތުން އާޒަރްބައިޖާންގެ ރައީސްއާއެކު ރައީސް މަޝްވަރާކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެ، އާޒަރްބައިޖާން އާއެކު އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި  ރައީސް އިލްހާމް އަލިޔޭވް އެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ބައްދަލު ކުރައްވައެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ރައީސުންވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަން ފާހަގަކުރެއްވި ކަމަށެވެ. އަދި މި ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކޮށް ފުޅާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކޮށް، އިގުތިސާދީ ދާއިރާއިން އެއްބާރުލުހުން އިތުރުކުރުމަށް ވެސް މަޝްވަރާކުރެއްވި ކަމަށް އެ އޮފީހުން ބުނެއެވެ. އެގޮތުން ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ދެ ރައީސުންވެސް ވަނީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް މިހާރު ޗައިނާ އަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އަޒަރުބައިޖާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ