ރައީސް ނޭޕާލުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން ސަމިޓް (އެސްސީއޯ) ގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޭޕާލުގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޮލީ އާ ބައްދަލުކުރައްވައިފިއެވެ.

ޗައިނާގެ ޓިއަންޖިން މެއިޖިއާންގް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ސަމިޓްގެ ހަވާސާގައި ދެ ޤައުމުގެ ވެރިން ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނު އެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ. އަދި ތައުލީމީ، އިގްތިސާދީ، އަދި މަލްޓިލޭޓަރަލް އެންގޭޖްމަންޓްގެ ދާއިރާތަކުން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވެއެވެ.

ރައީސް މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރާވެސް ބައްދަލުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.

އެސްސީއޯ ސަމިޓްގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ދެއްވި ރަސްމީ ފަރިއްކޮޅުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ނޭޕާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ