މެންބަރު ފަލާހުގެ މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލުބައިންދަން ވިދާޅުވި މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ހިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. މެންބަރު ފަލާހު މިފަދަ ވާހަކަތަކެއް ދައްކާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަށް ބަހުސްކުރައްވަމުން، ”އެ ބިލުގެ ސަބަބުން ކުށެއް ނެތް އެއްވެސް ނޫސްވެރިއެއް ޖަލަށް ނުލާނެ“ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ”ބައެއް ނޫސްވެރިންގެ އަމަލުތައް ހުންނަ ގޮތުން ޖަލަށް ލުމުގެ ބަދަލުގައި އުލުބައިންދަންވީ“ ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި، މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން ހުށަހަޅާފައިވާ މި މައްސަލަ ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، އިއްޔެ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ