މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
އެ އިދާރާއިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ 16:45 އިން ފެށިގެން 21:00 އާ ހަމައަށެވެ. އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅާއި ށ. އަތޮޅާއި ހަމައަށެވެ.
ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް އެ އިދާރާއިން ނެރެފައިވެއެވެ. އެ ސަމާލު ނެރުނީ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ.
ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުން މުހިންމެވެ.