މީޑިއާ ބިލާ ގުޅިގެން ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ސާފުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި މި ބިލުގެ ބަހުސް ކުރިއަށްގެންގޮސް މަޖިލީހަށް ބަލައިގެންފައިވާއިރު މިއަދު ވަނީ ކޮމިޓީ މަސައްކަތް ފަށައިފަ އެވެ. އަދި ދެ ހަފުތާތެރޭގައި ބިލުގެ މަސައްކަތް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި ބިލާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން އިއްޔެއާއި މިއަދު އަންނަނީ އަޑުއުފުލަމުންނެވެ. އެގޮތުން އިއްޔެ ނޫސްވެރިންވަނީ ރައްޔިތުންގެ މަޖިލިސް، ރައީސުލްޖުމްހުރިއްޔާގެ އޮފީސް އަދި މުލިއާގެ ހިމެނޭ ސަރަހައްދުގައި އަޑު އުފުލާފަ އެވެ. އަދި މިއަދު ނޫސްވެރިން އަންނަނީ ރައީސް އޮފީސް ކައިރީގައި ހަދާފައިވާ ”މީޑިއާ ފެންޑާ“ ގައި ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

ނޫސްވެރިންގެ ކަންބޮޑުުންތަކާގުޅިގެން ރައީސް މުއިއްޒު މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފަ އެވެ. އެގޮތުން 01:30 ގައި ރައީސް ވަނީ މީޑިއާތަކުގެ ބޭފުޅުންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާ ބައްދަލުކުރައްވާފަ އެވެ.

ރައީސްއާ ބައްދަލުކުރެއްވުމަށް ނޫސްވެރިން ރައީސް އޮފީހަށް ވަންނަނީ / ފޮޓޯ: އަބްދުﷲ އަނޫފް ޖުނައިދު

މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ”ހަތަރެއްގެ ހައްގުގައި“ ގެ ނަމުގައި ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލުމަށް މެންބަރުންނަށް އަންގާފައިވާނެކަމަށް ވިދާޅުވެފަ އެވެ.

މި ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ.

މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނޫސްވެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ