ހެކިންނަށް ބިރުދައްކާ މައްސަލައަށް ގޭންގް ގާނޫނުން ފަރުވާ ލިބޭނެ: ޕީޖީ އޮފީސް

Advertisement

އެންމެ ފަސް

Advertisement

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ސަބަބުން ގޭންގްތަކުން ހިންގާ ކުށްތަކުގައި ހެކި ދޭން ތިބޭ ފަރާތްތަކަށް ބިރުދައްކާ މައްސަލައަށް ހައްލެއް ލިބޭނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހާއި ފުލުހުން ގުޅިގެން މިރޭ އެކްސްގައި ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމު ސެޝަނެއްގައި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ސާމީ ވަނީ ހެކިންނަށް ބިރު ދެއްކުމަކީ މި ގާނޫނުގެ ތެރެއިން ވަކި ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމެއްކަމަށް ވިދާޅުވެފަ އެވެ.

ސާމީ މިހެން ވިދާޅުވީ ޕީޖީ އޮފީހުގެ ފަރާތުން ޝަފީއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޝަފީއު ވަނީ މިހާރު ބޮޑެތި މައްސަލަތަކުގައި ވަރަށް ގިނައިން ހެކިންނަށް ބިރުދައްކާ މައްސަލަ ފެންމަތިވާކަމަށް ވިދާޅުވެފަ އެވެ. އަދި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުން މިކަމަށް އެއްވެސް ފަރުވާއެއް އޮތްތޯ ޝަފީއު ވަނީ ސުވާލު ކުރައްވާފަ އެވެ.

ސާމީ ވިދާޅުވީ ހެކިންނަށް ބިރު ދައްކާ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެ ކުށަށް އަދަބު ކަނޑައެޅޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ހެކިންނަށް ބިރުދެއްކުމުގެ މައްސަލައަށް މި ގާނޫނުގެ ދަށުން ހައްލެއް ލިބިގެން ދާނެކަމަށް ސާމީ ވިދާޅުވި އެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ ޢައަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުމުގެ މަގުސަދުގައި ވުޖޫދުކުރި ގާނޫނެކެވެ.

މި ޤާނޫނުގައި ބުނެފައިވާގޮތުން، ވަކި ޖަމާޢަތަކާ ގުޅޭގޮތުން ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ، އެ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެގޮތަށް ހައިކޯޓަށް މައްސަލައެއް ހުށަހެޅޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކަމާގުޅޭ އެނޫންވެސް ހެއްކާއެކު ކޮމިޝަނަރ އޮފް ޕޮލިސް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެ އެވެ.

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅޭގޮތުން މީހަކު ޝަރީޢަތުގައި ހެކިބަސްދިނުން ހުއްޓުވުމަށްޓަކައި ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ޤާނޫނު ތަންފީޛުކުރާ ފަރާތަކަށް މަޢުލޫމާތު ދިނުން ހުއްޓުވުމަށްޓަކައި އެ މީހަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ ނުވަތަ މެދުވެރިކުރުވާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ބޮޑު ޖަލު ހުކުމެއް އަދި ޖުރިމަނާއެއް އަންނާނެ ކަމެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގޭންގް ބިލް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ