އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބަކަށް ރާއްޖެ؛ ރައީސް މަރުހަބާ ވިދާޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އެކުވެރި ދައުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ)ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް 2025 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޔޫއެންއެޗްއާރްސީގެ ނައިބް ރައީސްކަމަށް ރާއްޖެ އިންތިހާބުވުމާއެކު، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާ ދިވެހިރާއްޖެއާ ހަވާލުވެގެންދާނެއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ’އެކްސް‘ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ.

ރައީސް މުޢިއްޒު މި ކާމިޔާބީ ފާހަގަކުރައްވަމުން ވިދާޅުވި ގޮތުގައި، އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ޙަރަކާތްތެރި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވަޢުދުތަކާ އެއްގޮތަށް، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުޞޫލުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ދިވެހިރާއްޖެއިން ވަނީ 2011 އިން 2013 އަދި 2014 އިން 2016 އަށް ވިދިވިދިގެން ދެ ދައުރު މި މަޖިލީހުގައި ފުރިހަމަކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ 2023-2025 ދައުރުގައިވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. ދިވެހިރާއްޖެއިން ވަނީ 2013 އަދި 2023 ވަނަ އަހަރު މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުވެސް ފުރާފައެވެ.

މިހާރު އައްޔަންކުރެވުނު ބިއުރޯގައި، ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ އިތުރުން، ޗިލޭ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަދި ރޮމޭނިއާގެ ދާއިމީ މަންދޫބުން ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ އދ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ