ނޮޅިވަރަމުގައި ދަނޑުވެރިކަމުގެ ތަކެތި ވިއްކުމަށް ފިހާރައެއް ހުޅުވަނީ

Advertisement

އެންމެ ފަސް

Advertisement

ހދ. ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ފިހާރައެއް ގާއިމުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީއާއި ނޮޅިވަރަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. ނޮޅިވަރަމު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފަ އެވެ.

ނޮޅިވަރަމަކީ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށަކަށް ވުމާއެކު، އެ ރަށުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި އެއްބަސްވުމުގެ ދަށުން، ކައުންސިލުން ކަނޑައަޅާ ބިމެއްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ފިހާރައެއް ހުޅުވުމަށް މިނިސްޓްރީގެ ފަރާތުން ބަޔަކު ހޯދައި، އެގްރީމަންޓް ހަދައި އެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި މި ފިހާރައިން ވިއްކާ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއެކު، ދަނޑުވެރިންނަށް އެކަށީގެންވާ އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާކަން ކަށަވަރުކުރުމަށް މޮނިޓަރކުރެވޭނެ އެވެ. މި މަސައްކަތް ވޯކް ޕްލޭނާ އެއްގޮތަށް ކުރިއަށްދޭތޯ ބަލައި މޮނިޓަރކުރާނީ ނޮޅިވަރަމު ކައުންސިލުންނެވެ.

ހދ. ނޮޅިވަރަމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ