ހދ. ނޮޅިވަރަމްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫ އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނޮޅިވަރަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރައްވާފައިވާއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ނަޒީމެވެ.
މީގެ އިތުރުން މިއަދު ވަނީ އެރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގައިވެސް ސޮއިކޮށްފަ އެވެ. މި މަޝްރޫ ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
2,993 މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަމުގެ މި މަޝްރޫޢުތައް ނިމުމުން، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ދަތިތަކެއް ހައްލުވެގެންދާނެ އެވެ.
ހދ. ނޮޅިވަރަމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު