ނައިވާދޫ ބިން ހިއްކުމުން އިގްތިސާދީގޮތުން ކުރިއަށްދިއުމުގައި މަގުފަހިވާނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

ހދ. ނައިވާދޫގެ ބިނިް ހިއްކުމުން އިގްތިސާދީގޮތުން ކުރިއަށްދިއުމުގައި މަގުފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުކަމަށްވާ، ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގައި މިއަދު ސޮއިކުރެވި އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މި ބިން ވެގެންދާނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަދި ރައްޔިތުންގެ މުހިންމު ބޭނުމަށް ބިން އިތުރުކުރެވޭނެ މަޝްރޫއަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ނައިވާދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ވަރަށް އިސްކަންދީގެން ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިއީ ނައިވާދޫގެ ރައްޔިތުން އިގްތިސާދީގޮތުން ކުރިއަށްދިއުމުގައި މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކޮށްދޭނީ އިގްތިސާދީ ކުރިއެރުން ހޯދުމަށް ކުރެވެން ހުރި ކަންކަން ކުރުމަށްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހދ. އަތޮޅާއި ޓޫރިޒަމް މަދު އަތޮޅުތަކަށް ހާއްސަ އިސްކަމެއް ދީގެން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ޓޫރިޒަމް މަދު ސަރަހައްދުތަކުގައި އިންވެސްޓް ކުރުމަށް ބޯޑެތި ލުއި ތަކަކާއެކު ހުޅުވާލާފައިވާ ކަމަށާއި ހދ. އަތޮޅުން 10 ވަރަކަށް ސަރަހައްދު އޭގެތެރެއިން އިއުލާނުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނައިވާދޫގެ ފުޓްބޯޅަ ދަނޑުގެ ބޭނުން ނުހިފި އޮތްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި މަހުގެ ތެރޭގައި ބިޑް ޕްރޮސެސް ނިންމާ މިހާރު ވާނީ މަސައްކަތް ކުރާނެ ބަޔަކު ހޯދާފައި ކަމަށެވެ. އެ މަސައްކަތް އަމަލީ ގޮތުން ކުރުމަށް މޮބިލައިޒްކޮށް އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ނައިވާދޫ ސްކޫލް ހޯލްގެ ކަންކަން ލަސްވެފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވ އެ މަސައްކަތް ބާރުސްޕީޑުގައި ދެން ކުރިއަށްދާނެ ކަމަށެވެ. އަދި ނައިވާދޫ ބަނދަރުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ކުރިއަށްގެންގޮސްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހދ. ނައިވާދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ