ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގެ 2025 ވަނަ އަހަރުގެ އެވޯޑްސްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ސާޓާ 2025 ގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއީ މި އެވޯޑް ހަފްލާ ބާއްވާ 9 ވަނަ ފަހަރެވެ.
ސާޓާގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮންޑާ މެރިން ހަރަކާތްތެރިވާއިރު، ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ދަ ހޯކްސް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ހިމެނެ އެވެ. ސިލްވަރ ޕާޓްނަރެއްގެ ގޮތުގައި ރެނާޓަސް ރިއަލްޓީ އަދި ރާއްޖޭގެ ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓެލް ހަރަކާތްތެރިވާނެ އެވެ.
މި އަހަރުގެ ސާޓާ އެވޯޑްސް އޮންނާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. 2025 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 އަދި 20 ވަނަ ދުވަހު ސިނަމަން ގްރޭންޑް ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަފްލާ އެވެ.
ސާޓާގެ ސަރަހައްދީ ހޮސްޕިޓަލިޓީ ޕާޓްނަރުންގެ ތެރޭގައި މަންދަރީނާ ކޮލޮމްބޯ (ސްރީލަންކާ)، ޝެރެޓަން ގްރޭންޑް ބެންގަލޫރު އެޓް ބްރިގޭޑް ގޭޓްވޭ (އިންޑިއާ)، އަންދާޒް ދިއްލީ (އިންޑިއާ)، ހުޅުލޭ އައިލެންޑް ހޮޓެލް (ރާއްޖެ)، ހޮލިޑޭ އިން އެކްސްޕްރެސް ކަޓުމަންޑޫ ނަކްސަލް (ނޭޕާލް)، ޒިވާލިންގ ހެރިޓޭޖް (ބޫޓާން) އަދި ހޮލިޑޭ އިން ދާކާ ސިޓީ ސެންޓަރ (ބަންގްލަދޭޝް) ހިމެނެއެވެ.
ސާޓާއަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގެ ތަފާތު ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލުކުރާ ފަރާތްތަކަށް އެކަން ފާހަގަކޮށް އިނާމު ދިނުމުގެ އިތުރުން، މި ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ޕްލެޓްފޯމެކެވެ.
ހޯކްސް ޕްރައިވެޓް ލިމިޓެޑް އެލައިޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)