20 މެޖިސްޓްރޭޓުން ހޯދަން ޖޭއެސްސީ އިން އިއުލާނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ 20 މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި 20 މެޖިސްޓްރޭޓް ކޯޓުތަކަށް ހޯދުމަށް އިއުލާނު ކޮށްފައިވަނީ 16 އިސްމެޖިސްޓްރޭޓުން އަދި 4 މެޖިސްޓްރޭޓުންނެވެ.

އިސްމެޖިސްޓްރޭޓުން ހޯދަނީ ހއ.ކެލާ މެޖިސްޓްރޭޓް ކޯޓު، ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު، ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓު، ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު، ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓު، ށ.މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓު، ނ.މާފަރު މެޖިސްޓްރޭޓް ކޯޓު، ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓު، އއ.އުކުޅަސް މެޖިސްޓްރޭޓް ކޯޓު، އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓު، – ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު، ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު، ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު، ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު، ގއ.ދެއްވަދޫ މެޖިސްޓްރޭޓް ކޯޓު އަދި ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓަށެވެ.

މެޖިސްޓްރޭޓުން ހޯދަނީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު، ލ.ގަން މެޖިސްޓްރޭޓް ކޯޓު އަދި ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 28 އޮގަސްޓްގެ 12:00 އާ ހަމައަށް ޖޭއެސްސީން ވަނީ ހުޅުވާލާފަ އެވެ.

މެޖިސްޓްރޭޓުންނަށް އަސާސީ މުސާރައިގެ ގޮތުގައި 26،350 ރުފިޔާ، ލިވިންގ އެލަވެންސްގެ ގޮތުގައި 12،000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެ އެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ހަމަޖައްސާގޮތެއްގެ މަތިން ފޯނު އެލަވެންސް އަދި މެޑިކަލް އިންޝުއަރެންސް ލިބޭނެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ