މިދިޔަ ސަރުކާރުން ހުރީ ކޯޓުތަކުގައި ތަޅުއަޅުވާފަ، އަޅުގަނޑުމެން ގާނޫނު އިސްލާހު ކުރާނަން: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ސަރުކާރުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުރިހާ ބާރެއް ގެންގޮސް ކޯޓުތައް އޮތީ ތަޅުއަޅުވާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ކުރިއާ ހިލާފަށް މި ސަރުކާރުން ހަގީގަތުގައި ކޯޓުތަކަށް ބާރުތައް ލިބެންޖެހޭ ގޮތަށް ދޭނެކަމަށެވެ. ރައީސް ވިދާޅުވީ މިކަން ކުރުމަށްޓަކައި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށާއި މުޅިން އަލަށް އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދު ކުރުމަށް ބިލެއް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށްވެސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށްވެސް އިސްލާހުތަކެއް ގެންނަވާނެކަމަށާއި ގާނޫނުލް އުގޫބާތަށްވެސް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

މިކަން ކުރެވުމުން ޖުޑިޝަރީއަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ފުލުހުންނަށްވެސް ޕީޖީއަށްވެސް، މި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ.

މި ސަރުކާރުން ދަނީ ހަގީގީ މާނައިގައި ޖުޑިޝަރީއަށް މިނިވަންކަން ދެމުންކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޖުޑިޝަރީގެ ބަޖެޓު ވަކިކޮށްދޭން ނިންމާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ ޖުޑިޝަރީއަށް ވަކި އެކައުންޓެއް ހުޅުވުމަށްފަހު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލުން ޖުޑިޝަރީއަށް ބަޖެޓު ދޭނެ ކަމަށެވެ. އޭގެ ސަބަބުން ހަރަދު ކުރުމުގެ މިނިވަންކަން ލިބޭ ކަމަށާއި މީގެ ކުރިން ޖުޑިޝަރީއަށް ނުލިބޭވަރަށް ބަޖެޓު ލިބޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުމީ ޖުޑިޝަރީ މިނިވަންކަމާއެކު ފުރިހަމައަށް ހިންގުމަށް ކަމަށެވެ. އެގޮތުން ޖުޑިޝަރީއަށް ހުރިހާ ބާރުތަކެއް ދެމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ޖުޑިޝަރީއަށް ނޯންނާނެ ކަމަށެވެ.

މިހާރު އެހެރީ ހުޅުމާލޭގަ ކްރިމިނަލް ކޯޓު ހަދައިދީފަ. ޑްރަގް ކޯޓު ހަދައިދީފަ. ހުރިހާ ބާރުތަކެއް މި ދެނީ. ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ މިހާރަކު. އެއްވެސް ހުކުމެއް ކުރާކަށް، ނުކުރާކަށްވެސް، ކުރާ ގޮތަކަށްވެސް. އަޅުގަނޑުމެން މި ދަންނަވަނީ އިންސާފުވެރިކޮށް ކުރިއަށް ގެންދާށޭ. އަދުލުވެރިކޮށް ކުރިއަށް ގެންދާށޭ.

ރައީސް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށްވެސް އިސްލާހު ގެންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ