ހައިކޯޓަށް އިސްގާޒީ މާހިރު އައްޔަނުކުރަން ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު އައްޔަނުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލި މައްދަތުގައި އިސް ގާޒީ މާހިރު ވަނީ މަގާމަށް ކުރިމަތިލައްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޖޭއެސްސީގެ މެންބަރުންގެ އިއްތިފާގުން ނިންމަވާފައިވަނި ހައިކޯޓުގެ ފަނޑިޔާރު ކަމަށް އިސް ގާޒީ މާހިރު އައްޔަނު ކުރެއްވުމަށެވެ. އަދި މިއަދު މެންދުރު 2 ޖަހާއިރު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.

ހައިކޯޓުގެ ދެ ފަނޑީޔާރެއްގެ މަގާމު ހުސްވެފައިވުމާ ގުޅިގެން، ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލި އެވެ. އެފަހަރު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޖޭއެސްސީން ނިންމީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އަދި މުޙައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށެވެ.

އެހެންނަމަވެސް މުހައްމަދު ޝަހީދު ވަނީ އޭނާ އެމަގާމަށް އައްޔަނު ކުރުމަށް ނިންމުމުން ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން މަގާމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށްފަ އެވެ. އެހެންކަމުން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ އެފަހަރު ކުރެއްވީ ކުރީގެ ގާޒީ ޢަބްދުﷲ ޖަމީލް މޫސާ އެކަނި އެވެ.

ގާޒީ މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގައި ބަދަލުވެވަޑައިގަތެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ހައި ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ