ކްރިމިނަލް ކޯޓު އަދި ފެމިލީ ކޯޓަށް ގާޒީން ހޯދަން އިއުލާނުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކްރިމިނަލް ކޯޓު އަދި ފެމިލީ ކޯޓަށް ގާޒީން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީން މިއަދު އިއުލާނުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 2 ބޭފުޅުން އަދި ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތުލުމަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.

ގާޒީއަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700 ރުފިޔާ، ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ، ރިސްކް އެލަވެންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވެންސް ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންވާނެ ކަމަށާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކަށް ވާންވާނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް ވާންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓު ފެމިލީ ކޯޓް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ