ހައިކޯޓު ފަނޑިޔާރު ކަމަށް މާހިރު އައްޔަނު ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު އައްޔަނުކުރައްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލި މުއްދަތުގައި އިސް ގާޒީ މާހިރު ވަނީ މަގާމަށް ކުރިމަތިލައްވާފަ އެވެ.

މާހިރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފަނޑިޔާރު ކަމަށް މާހިރު އައްޔަނު ކުރުމަށް ނިންމާފައިވަނީ ޖޭއެސްސީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދަވާފައިވަނީވެސް މާހިރު އެވެ.

އިބްރާހިމް މާހިރު ހައިކޯޓު ފަނޑިޔާރު ކަމަށް އައްޔަނުކުރެއްވުން–

ގާޒީ މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އެންމެ ފުރަތަމަ ވަޑައިގަތީ 9 ނޮވެމްބަރު 2005 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެފައިވަނީ 23 މޭ 2010 ގައި ބަދަލުވެވަޑައިގަތެވެ. އަދި އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނު ކުރެއްވީ 2022 އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ހައި ކޯޓު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ