މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރެވޭ ބިލެއް އަނެއްކާވެސް މަޖިލީހަށް

Advertisement

އެންމެ ފަސް

Advertisement

ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު މީޑިއާތައް ރެގިއުލޭޓް ކުރުމަށް ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ފުޅާ ބާރުތަކެއް ލިބޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރޭތޯ ކަށަވަރުކުރުން ހިމެނެ އެވެ.

މި ބިލު ގާނޫނަކަށް ވުމުން މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ ގެ ނަމުގައި އައު ކޮމިޝަނެއް އުފައްދާ ގޮތަށް ވަނީ ހުށަހަޅާފަ އެވެ. މި ކޮމިޝަން އެކުލެވިގެންވާނީ ހަތް މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުން ހިމެނެ އެވެ.

އައު ބިލުގައި ކޮމިޝަނަށް ވަރަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. އޭގެ ތެރޭގައި މީޑިއާތައް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރާއި، ކޯޓު މެދުވެރިކޮށް ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ހިމެނެ އެވެ. އަދި ނޫސްވެރިންނަށް ވެސް 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންދާނެ އެވެ.

މި ބިލުގައި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެވޭ އުމުރު ވެސް ވަނީ 30 އަހަރަށް މަތިކޮށްފަ އެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެންބަރަކަށް ނުވެވޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ކޮމިޝަން އެކުލަވާލެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކުންނެވެ.

މީގެ އިތުރުން ބިލުގައި ވާގޮތުން މީޑިއާގެ ހިދުމަތްދިނުމުގެ ލައިސެންސެއް ދޫކޮށްފައޮވާ ފަރާތެއްގެ ކޮންޓެންޓު ގާނޫނާ ހިލާފުވާނަމަ އެ މައްސަލަ ބަލާނީ ކޮމިޝަނުގެ މެމްބަރުންނާއި ’މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ‘ އަކުންނެވެ. މި ކޮމިޓީ އެކުލެވިގެންވަނީ މީޑިއާ ތަމްސީލުކުރާ ހަތަރު މެމްބަރުން އެކުލެވޭ ދާއިމީ ކޮމިޓީއެއްގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލިސް މީޑިއާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ