ޒަކާތު ފަންޑުން 24 މީހަކަށް ސްކޮލަޝިޕް ލިބިއްޖެ

Advertisement

އެންމެ ފަސް

Advertisement

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ޚާސިލްކުރުމަށްދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕް 24 ފަރާތަކަށް ލިބިއްޖެ އެވެ.

ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

މިއަހަރު ޒަކާތު ފަންޑުން ސްކޮލަރޝިޕް ލިބިފައިވަނީ ޖުމްލަ 24 ފަރާތަކަށެވެ. އޭގެތެރޭގައި ހިމެނެނީ:

  • ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތް
  • ސްޓިޕެންޑް ލިބުނު 6 ފަރާތް
  • ޓިއުޝަން ފީ ލިބުނު 1 ފަރާތް

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މީގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ކަމަށެވެ. އެގޮތުން ރާއްޖެއިންން ބޭރުން ތައުލީމް ހާސިލުކުރާނޭ ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރު ހިމެނެ އެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ސްކޮލަރޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ޚާއްސަކޮށް ނަގާފައިވާ ކޮމިޓީއަކުންކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.

އިސްލާމި މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ، މި ސްކޮލަޝިޕްގައި ދިނުމުގައި އިސްކަންދީފައިވާނީ، ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި، މާލީ ފުދުންތެރިކަން ނެތް މީހުންގެ އިތުރުން ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށް ބަލައިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޒަކާތު ފަންޑް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ