މިހާރަށް ވުރެ ބޮޑަށް އިސްލާމީ އިލްމާއި ހިލްމުގެ މައްޗަށް ތައުލީމީ ނިޒާމު ބިނާކުރުމަށް ވަނީ އަމާޒު ހިފާފަ: ނައިބު ރައީސް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ތަޢުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ހިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަގުވާމީގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން އަމާޒު ހިފާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި ކުރިއަށްދާ ”އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް“ ސެމިނަރ ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މި ސެމިނަރަކީ އައިޔޫއެމްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެމިނަރ އެކެވެ.

ސެމިނަރ ފައްޓަވައިދެއްވަމުން ނައިބު ރައީސް ވިދާޅުވީ، އިސްލާމީ ދުނިޔޭގައި ޢިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރަމުންގެންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށެވެ. އަދި އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަންކުރުމަށް މި ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތާއި، ރާއްޖެއިން މިދާއިރާގައި ހޯދަމުންދާ ކުރިއެރުންތައްވެސް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

އިސްލާމީ ޤައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައިކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މިހާރަށްވުރެ ބޮޑަށް އިސްލާމީ ޢިލްމާއި ޙިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީގޮތުން ވާދަވެރިގޮތެއްގައި ތަޢުލީމު ފޯރުކޮށްދޭ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނަރގައި އިސްލާމްދީނުގެ އަސާސްތަކުގެ އަލީގައި، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން މުހިންމު އެކި މަޢުޟޫޢުތަކަށް ފަންނީ ބޭފުޅުންގެ ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ