މިދިޔަ މަހު، ޕްރައިވެޓް ހޮސްޕިޓަލްތަކަށް އެންސްޕާއިން 8 މިލިޔަން ހަރަދުކުރި

Advertisement

އެންމެ ފަސް

Advertisement

މިދިޔަ މަހު، ޕްރައިވެޓް ހޮސްޕިޓަލްތަކަށް އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު ‏ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ މީހުންގެ ތެރެއިން ޕްރައިވެޓް ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށް ފަރުވާ ހޯދި 575 ބަލި މީހަކަށް 8،292،852.87 ރުފިޔާ އެންސްޕާއިން ހަރަދުކޮށްފައިވެ އެވެ.

އެގޮތުން، އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާއަށް 3،748،201.33 ރުފިޔާ އެންސްޕާއިން ވަނީ ޚަރަދުކޮށްފަ އެވެ. އެއީ، 216 ބަލިމީހުންނަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 359 ބަލިމީހުންނަށް މިދިޔަ މަހު 4،544،651.54 ރުފިޔާ އެންސްޕާއިން ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އޭޑިކޭ ހޮސްޕިޓަލުން އެންމެ ގިނަ ފަރުވާ ހޯދާފައި ވަނީ ކާޑިއޯވެސްކިއުލާ ނުވަތަ ހިތުގެ ބަލިތަކަށެވެ. އެގޮތުން 13 މީހަކަށް 1،003،453.12 ރުފިޔާ ޚަރަދުކުރި އެވެ. ދެވަނައަށް އެންމެ ގިނައިން ޚަރަދުކުރީ މައިބަދަ ނުވަތަ ނާރުގެ ބަލިތަކަށެވެ. އެގޮތުން 12 މީހަކަށް 462،256.87 ރުފިޔާ ޚަރަދުކުރިއެވެ.

މީގެ އިތުރުން، ޓްރީޓޮޕް ހޮސްޕިޓަލުން މިދިޔަ މަހު އެންމެ ގިނަ ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން، 52 މީހަކަށް 1،252،774.46 އެންސްޕާއިން ޚަރަދުކުރިއެވެ. ދެވަނައަށް އެންމެ ގިނައިން މީހުން ފަރުވާ ހޯދީ ވިހެއުމަށެވެ. އެގޮތުން 79 މީހަކަށް 1،016،121.79 ރުފިޔާ ޚަރަދުކުރި އެވެ.

މިދިޔަ ޖޫން މަހު އެންސްޕާއިން ޕްރައިވެޓު ހޮސްޕިޓަލުތަކުން ފަރުވާ ހޯދި މީހުންނަށް 6.5 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ