ބޭސްފަރުވާއަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

Advertisement

އެންމެ ފަސް

Advertisement

ބޭސްފަރުވާގެ ކަންކަމަށް އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވި ގޮތުގައި، މި ޚިދުމަތް ޚާއްޞަ ކުރެވޭނީ ބޮޑެތި އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށެވެ. ”އަޅުގަނޑުމެން މިހާރު މިތިބީ މި ޚިދުމަތް ފެށުމާ ވަރަށް ގާތުގައި،“ އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ޚިދުމަތްދޭ އެމްޓީސީސީއާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށް ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ އަތޮޅުތަކުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ވަނީ ފެށިފައެވެ. އެންމެ ފަހުން މި ޚިދުމަތް ފެށިފައިވަނީ ބ. އަތޮޅުގައި، މިދިޔަ ހޯމަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާރުޓީއެލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ