ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާން ރޯވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ކުޑަރަށް ރިސޯޓުގެ ފަޔަރ ޓީމެއް އެ ރިސޯޓުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު ކަމަށާއި އަދި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދީފައިވެ އެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ މަންޒަރުތަކުން ފެންނަގޮތުން، ވޯޓަރ ވިލާގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވެ އެވެ.

އަލިފާނުގެ ހާދިސާ އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ