އީޕީއޭގެ ނަން އެންވާރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ނަން އެންވާރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

ޓޫރިޒަމް އެންޑް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ އެ އޮތޯރިޓީގެ ނަން އޮތް ގޮތުން އެ އޮތޯރިޓީގެ މަގްސަދު އޮޅޭތީ އެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ހުރިހާ ސިޔާސަތެއް ކަނޑައަޅާނީ މިނިސްޓްރީން ކަމަށާއި އޮތޯރިޓީގެ ބޭނުމަކީ އެ ސިޔާސަތުތައް ރެގިއުލޭޓް ކުރުންކަމަށް މިނިސްޓްރީން ބުނެ އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ރެގިއުލޭޓަރީ އޮތޯރިޓިއެކެވެ. އީޕީއޭ އުފެއްދީ ޑިސެމްބަރު 18، 2008 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. މި އޮތޯރިޓީ އުފެއްދީ އެންވަޔަރަންމަންޓަލް ރިސާޗް ސެންޓަރާއި މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ އެއްކޮށްލުމަށް ފަހު އެވެ.

އީޕީއޭ އަކީ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ ގާނޫނު (4/93) ގެ ދަށުން ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމާއި ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖްކުރުމާއި ތަގައްޔަރުވުން ހުއްޓުވުމުގެ ރެގިއުލޭޓަރީ ބޮޑީ އެވެ. އަދި އާންމު ހިދުމަތުގެ ގާނޫނު (4/96) ގެ ދަށުން މުނިސިޕަލް ފެނާއި ނަރުދަމާގެ ހިދުމަތްތައް ވެސް އީޕީއޭ އިން ރެގިއުލޭޓް ކުރެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ