30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އަހަރުގެ ފަހުކޮޅު ބޭނުން ކުރަން ފަށަނީ

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) އާއެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ބޭނުންކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭއިން ބުނީ، މި ފެސިލިޓީ ބޭނުންކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. މިހާރު އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

މި ކަރަންސީ ސްވޮޕް އެގްރީމެންޓްގެ ދަށުން 400 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕްއެއްވެސް ވަނީ ނަގާފަ އެވެ. މި ސްވޮޕަކީ ހަ މަސްދުވަހުގެ މުއްދަތައް ނެގި ސްވޮޕެކެވެ. ނަމަވެސް މިހާރު ވަނީ އިތުރު ހަ މަސްދުވަހަށް އެ ސްވޮޕް އިތުރުކޮށްފަ އެވެ.

މި ކަރަންސީ ސްވޮޕް އެގްރީމެންޓަކީ އާރްބީއައި އާއި އެކު އެމްއެމްއޭއިން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް އެކެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް ދެ ކަރަންސީ ވިންޑޯއަކުން ސްވޮޕް ނެގުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އެގޮތުން އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް، 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގުމުގެ ފުރުސަތު އެމްއެމްއޭއަށް ލިބިގެންދިޔަ އެވެ.

ރާއްޖެ - އިންޑިއާ އިންޑިއާގެ ރިޒާވް ބޭންކް (އާރްބީއައި) އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ