އެސްބީއައި އިން ޑޮލަރު ލިމިޓްކުރުން؛ މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމާ ގުޅިގެން، އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޑޮލަރު ލިބުމުގެ ދަތިކަމާ ގުޅިގެން، އެސްބީއައި އިން ބޭރަށް ފައިސާ ފޮނުވުމަށް ކުރިން ދެމުން އައި 400 އެމެރިކާ ޑޮލަރުގެ ލިމިޓު ވަނީ 150 އެމެރިކާ ޑޮލަރަށް ދަށްކޮށްފައެވެ. މި ބަދަލު ގެނައި ކަން ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް އަންގާފައެވެ.

މި ބަދަލާ ގުޅިގެން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް ހައި ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އެ ފަރާތްތަކަށް އާއިލާތަކަށް ފައިސާ ފޮނުވުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ. އަދި މި މައްސަލައަށް ވީހާވެސް އަވަހަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

އެސްބީއައި އަކީ ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ބޭނުންކުރާ ބޭންކެއް ކަމަށްވެފައި، މި ބަދަލަކީ އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ވެގެން ދާނެއެވެ.

ރާއްޖެ - އިންޑިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ