ތުޅާދޫއިން ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ތުޅާދޫ ކައުންސިލުން އާންމުކޮށްފި އެވެ.

ތުޅާދޫ ކައުންސިލުން މިކަމާ ގުޅޭގޮތުން ކުރި އިއުލާނުގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 92 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު ރައްޔިތުންނަށް ކަމަށެވެ. އަދި އިތުރު 8 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.

މި މަޝްރޫއުއަށް ލިބިފައިވާ ޝައުގުވެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެވެ އެވެ. ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 92 ޔުނިޓަށް 600 އަށްވުރެ ގިނަ ފަރާތުން ވަނީ ކުރިމަތިލާފަ އެވެ. އަދި ރަށުން ބޭރު ފަރާތްތަކަށް ކަނޑައަޅާފައިވާ 8 ޔުނިޓަށް ގާތްގަނޑަކަށް 100 ފަރާތަކުން ވަނީ އެދިފަ އެވެ.

ތުޅާދޫގައި ގާއިމުކޮށްފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ 1,100 އަކަފޫޓެވެ. މި ޔުނިޓްތަކުގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގރޫމް، ބަދިގެ، ސްޓޯރޫމް އަދި ލޯންޑްރީއަށް ޚާއްސަ ސަރަހައްދެއް ހިމެނެ އެވެ.

ކައުންސިލުން އާންމުކޮށްފައިވާ ވަގުތީ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެވިފައިވެ އެވެ.

ބ. ތުޅާދޫ ބޯހިޔާވަހިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ