އަމާން އުދަރެސްގެ 5 ޓަވަރަކުން ފްލެޓް ހަވާލު ކުރަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި 4،000 ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން އަމާން އުދަރެސްގެ 5 އިމާރާތަކުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލު ކުރަން ފަށައިފި އެވެ.

އެފްޑީސީން ބުނީ އަމާން އުދަރެސް 11، 12، 13، 15 އަދި 16 ވަނަ ޓަވަރު ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިއަދު ފަށާފައިވާ ކަމަށެވެ.

ކުރިން މި މަހުގެ ނިޔަލަށް ހުރިހާ ފްލެޓްތަކެއް ހަވާލުކުރެވޭނެ ކަމަށް ބެލެވުނުނަމަވެސް، މިހާރުގެ އާ ތާރީހުތަކަށް ބަލާއިރު ފްލެޓުތައް ދީ ނިމޭނީ ޖެނުއަރީ މަހުގެ ފަހު ހަފްތާގަ އެވެ. މި ބަދަލު އައުމުގެ ސަބަބެއް ކަމަށް އެފްޑީސީން ބުނެފައިވަނީ އަދިވެސް އެ ފްލެޓްތަކަށް ކަރަންޓާއި، ފެން ލެވިފައިނުވާތީ އެވެ.

އެފްޑީސީން ބުނީ މިހާތަނަށް ’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ފްލެޓް ލިބުނު 3،800 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ފްލެޓް ހަވާލުކުރާނެ އާ ތާރީހުތައް

އެފްޑީސީން އާއްމުކުރި ތާރީހުތަކަށް ބަލާއިރު، ފްލެޓްތައް ހަވާލުކުރާނެ ގޮތް ތިރީގައި މިވަނީ އެވެ:

  • އަމާން އުދަރެސްގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރު: ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާ
  • އަމާން އުދަރެސްގެ 8، 5 އަދި 6 ވަނަ ޓަވަރު: ޖެނުއަރީ 3 ވަނަ ހަފުތާ
  • އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރު: ޖެނުއަރީ 4 ވަނަ ހަފުތާ
  • އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރު: ޖެނުއަރީ ފަހު ހަފުތާ
  • އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު: ޖެނުއަރީ 2 ވަނަ ހަފުތާ
  • އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު: ޖެނުއަރީ ފަހު ހަފުތާ
  • އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް: ޖެނުއަރީ ފަހު ހަފުތާ

މިދިޔަ މަހުގެ 25 ވަނަ ދުވަހު މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ފްލެޓަކަށް މީހުނަށް ވަދެވޭނެ ކަމުގެ ޔަގީންކަން އެފްޑީސީން ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ޑިސެމްބަރު މަސް ނިމެންވާއިރަށް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިންމާ ހަވާލުކުރެވޭނެ ކަމަށް އެފްޑީސީން ޔަގީންކަން ދީފައިވާ ކަމަށާއި، ނުނިމޭ ތަންތަންވެސް ސްކޫލް ހުޅުވެންވާއިރަށް ނިންމާނެ ކަމަށެވެ.

ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، 3 ކޮޓަރީގެ ފްލެޓަކަށް 13,000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 9,000 ރުފިޔާ ނެގުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމާފައިވާތީ، 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 9,000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުލި 7,000 ރުފިޔާއަށް ކުޑަވާނެ އެވެ.

ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ