ޕޮލްކޯ ހިޔާނާތް: އައިލެންޑް އެކްސްޕާޓުގެ އިމާރާތް ދައުލަތަށް ނަގާ، މައްސަލަ ބަލަން އޭސީސީގައި ހާއްސަ ސެކްޝަނެއް

Advertisement

އެންމެ ފަސް

Advertisement

ޕޮލްކޯއިން ހިންގި ބްލޫސް ހައުސިން މަޝްރޫއުގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވަކިން ޚާއްސަ އޮފީހެއް ނުވަތަ ސެކްޝަނެއް ހެދުމަށާއި ޕޮލްކޯއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ، ލަގްޒަރީ އެޕާޓްމެންޓްގެ އިމާރާތް ދައުލަތަށް ނެގުމަށް އެންގުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވެފައިވަނީ ”ބްލޫސް ހައުސިންގ“ މަޝްރޫއާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ސްޕެޝަލް އޮޑިޓް ރިޕޯޓުންނެވެ. މި މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ބަލާފައިވާއިރު ކޮމިޓީގެ ރިޕޯޓު އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ސަބް ކޮމިޓީގެ ރިޕޯޓު ދެން ހުށަހަޅާނީ މާލިއްޔަތު ކޮމިޓީއަށެވެ.

މި މައްއްސަލައިގައި ސަބްކޮމިޓީގެ ނިންމުމުގެ ގޮތުގައި ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަކީ މިހާރުވެސް ފުލުހުންގެ އިސްވެރިންގެ ތެރޭގައި މިހާރުވެސް ހިމެނޭ ފަރާތްތަކެއްކަމަށާއި، ކޮމިޓީއަށް ހޯދިފައިވާ ލިޔެކިޔުންތަކުން އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގިދާނެ މިންވަރަށް ހެކި ހުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ފުލުހުން ތަހުގީގު ކުރުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް ބެލެވޭތީއާއި، މިމައްސަލައަކީ ކޮރަޕްޝަން ހިމެނޭ ހައްސާސް މައްސަލައެއްކަމަށް ކަނޑައަޅައި، މިފަދަ ހައްސާސީ މައްސަލަތައް ބެލުމަށް ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް އޭސީސީގައި އުފައްދާ އެ އޮފީހަށް ބޭނުންވާ ކަންކަން ފޯރުކޮށްދީ، މި މައްސަލަ އެ ސެކްޝަނުން ތަހުގީގު ކުރުމަށް ލަފާދިނުމަށް ހުށަހަޅާފައިވެ އެވެ.

ފުލުހުންނަށް ހާއްސަކޮށް އިމާރަތްކުރި ޕޮލްކޯގެ ފްލެޓްތައް

ކޮމިޓީގެ ރިޕޯޓުގައި ބަންޑާރަ ނައިބަށް އަންގާ ކަންކަމުގެ ގޮތުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން 15 ކަމެއް ހިމަނާފައިވާއިރު އެ ކަންތައްކަކީ މި މައްސަލައިގައި ހިމެނޭ މާލީ ކަންކަމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ކަންކަމެވެ. އިއްޔެގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ ޗެއަރ އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މި މައްސަލައިގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އައިޑެންޓިފައިކޮށްފައިވާ ކަމަށާއި އަދި އެ ފައިސާ ހޯދުމަށް ކޮންމެ ކަމެއް ވަކިން ރެކޮމެންޑް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން މި ހިޔާނާތުގެ ތެރެއިން 291 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާތީ އެ ފައިސާ އަނބުރާ ޕޮލްކޯއަށް ލިބެންޖެހޭކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

”އެމީހުންގެ އަތުން މި ފައިސާ ހޯދުމަކީ މުސްތަހިއްލު ކަމެއް. ސަބަބަކީ ޕޮލްކޯއާ އެކު ވެފައިވާ އެއްބަސްވުން ޓާމިނޭޓް ކުރަން ބޭއްވި ޖަލްސާގެ ޔައުމިއްޔާ އަޅުގަނޑުމެނަށް ލިބިފައި އެބައޮތް. އެ ޔައުމިއްޔާގައި އެމީހުން ކަނޑައެޅިގެން ބުނެފައި އެބައޮތް އެމީހުން އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށް.“ ނާޒިމް ވިދާޅުވި އެވެ.

އެހެންމަ މިކަމުގައި ބަންޑާރަނައިބަށް ރެކޮމެންޑް ކުރަނީ އައިލެންޑް އެކްސްޕާޓްގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކޮށްފައިހުރި (ކޮންކްރީޓް ސްޓްރަކްޗަރ ނިންމާފައިވާ) 17 ބުރީގެ އިމާރާތް މި ފައިސާގެ މުޤާބިލުގައި ދައުލަތަށް ނެގުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަައިލެންޑް އެކްސްޕާޓް އިން ހުޅުމާލެ ފޭސް ދޭއް، ފަރުކޮޅުފުށި ކުރިމައްޗަށް އިމާރަތްކުރަމުންދާ އިމާރަތް – މި ޕްރޮޖެކްޓުގެ މަސައްކަތްވެސް ހުއްޓިފައި ހުންނަތާ އަހަރުތަކެއްފަަހުން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އަނެއްކާވެސް މަސައްކަތްތަކެއް ކޮޮށްފަ

މި އިމާރާތުގެ ތަފްސީލު:

117 ޔުނިޓް ޖުމުލަ (4 ކޮޓަރި، މެއިޑްރޫމް – 26 ޔުނިޓް، 3 ކޮޓަރި، މެއިޑްރޫމް – 39 ޔުނިޓް، 3 ކޮޓަރި – 13 ޔުނިޓް، 2 ކޮޓަރި – 39 ޔުނިޓް)

މީގެއިތުރުން ނާޒިމް ވިދާޅުވީ ރިޕޯޓުގައި، މިކަމުގައި ތުހުމަތުކުރެވޭ މިހާރުގެ އަދި ކުރީގެ ފުލުހުންގެ ނަންތައް ހިމަނާފައިވާނެ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ނަންތައް ރިޕޯޓުގައި ހިމަނަންޖެހުނު ސަބަބުވެސް ހިމަނާފައިވާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައި ފުލުހުންނަށް އަންގާ އެންގުންތަކާއި، ޕޮލްކޯއަށް އަންގާ އެންގުންތައް، ކަސްޓަމްސްއަށް އަންގާ އެންގުންތައް އަދި އޭސީސީއާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާ އެންގުންތައް ހިމަނާފައިވެ އެވެ. އަދި ފުލުހުންގެ ކަންކަމުގައި ޖަވާބުދާރީވާ ވަޒީރަކީ ހޯމް ލޭންޑް މިނިސްޓަރުކަމުން އެ މިނިސްޓްރީއަށް އަންގާ އެންގުންތައްވެސް ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ޕޮލިސް ކޯޕްރޭޓިވް ސޮސައިޓީ (ޕޮލްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ