ޑަޔަލިސިސް ސެންޓަރުގައި ދުވާލަކު 150 މީހުންނަށް މަދުވެގެން ޚިދުމަތްދެވޭނެ: ސިއީއޯ އަބްދުއްރައްޒާގް

Advertisement

އެންމެ ފަސް

Advertisement

މިއަދު ހުޅުވުނު ހުޅުމާލޭ އޮރެންޖް ހިޔާގެ އައު ޑަޔަލިސިސް ސެންޓަރުގައި ދެދަންފަޅިއަށް ޚިދުމަތް ދިންނަމަވެސް، ދުވާލަކު މަދުވެގެން 150 މީހުންނަށް ޚިދުމަތްދެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އައު ޑަޔަލިސިސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޒާގް ވިދާޅުވި ގޮތުގައި، މި ސެންޓަރު ހުޅުވުމާއެކު މާލެ ސަރަޙައްދުގައި ޑަޔަލިސިސްގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ކިޔުގައި މަޑުކުރަން މީގެފަހުން ނުޖެހޭނެއެވެ.

އައު ސެންޓަރުގައި 30 އެނދު ޤާއިމުކޮށްފައިވާއިރު، މީގެ އިތުރުން ޒަމާނީ ފެންވަރުގެ އިމަރޖެންސީ ޙާލަތުގައި ފަރުވާ ދެވޭނެ 2 އެނދާއި، ބަލިމީހުން އެކަހެރިކޮށްގެން ޚިދުމަތްދޭންޖެހޭ ޙާލަތްތަކުގައި ބޭނުންކުރެވޭނެ ވަސީލަތްތައްވެސް ޤާއިމުކޮށްފައިވެއެވެ.

ރައްޒާގް ފާހަގަކުރެއްވި ގޮތުގައި، 2012 ވަނަ އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރި ޑަޔަލިސިސް ސެންޓަރުގައި މިވީ 13 އަހަރުގެ ތެރޭގައި ޚިދުމަތް ދެމުންދިޔައީ އެންމެ 10 އެނދާއެކުގައެވެ. އަދި ޚިދުމަތް ދެވޭ މީހުންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރިން ދެދަންފަޅިއަށް ދެމުންދިޔަ ޚިދުމަތް ތިން ދަންފަޅިއަށް ބަދަލުކުރަން ޖެހުނެވެ.

”ރޭގަނޑު ދަންވަރު އުމުރުން ދުވަސްވީ ފަރާތްތައް ޑަޔަލިސިސްގެ ޚިދުމަތް ހޯދުމަށް ހޮސްޕިޓަލުގައި މަޑުކުރަންޖެހުމަކީ ފަސޭހަކަމެއް ނޫން. އެހެންވެ ސަރުކާރުން ނިންމެވީ މި ޚިދުމަތް އިތުރަށް ފުޅާކުރަން،“ ރައްޒާގް ވިދާޅުވިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ