ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގެ އާއިލާއެއްގެ 11 މީހުން ޝަހީދުކޮށްލައިފި

Advertisement

އެންމެ ފަސް

Advertisement

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގެ އާއިލާއެއްގެ 11 މީހުން ޝަހީދުކޮށްލައިފި އެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، މި އާއިލާގެ މެންބަރުން ތިބި އުޅަނދަކަށް އިޒްރޭލުގެ ޓޭންކަކުން ދިން ހަމަލާގައި 11 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެތެރޭގައި 7 ކުޑަކުދިންނާއި 3 އަންހެނުން ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މި އުޅަނދަށް ޔަހޫދީ ސިފައިން ހަމަލާދީފައިވަނީ، ހަނގުރާމަ ހުއްޓާލުމުން އެ މީހުންގެ ގެއަށް ދިއުމަށް މަސައްކަތް ކުރަނިކޮށް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. މި އުޅަނދަށް ހަމަލާދީފައިވަނީ އިޒްރޭލު ސިފައިން ޣައްޒާގައި ބަލަހައްޓާ ”ޔެލޯ ލައިން“ ހުރަސް ކުރުމުން ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލާފައިއޮތް ނަމަވެސް ޣައްޒާގެ 53% ކޮންޓްރޯލްކުރަނީ އިޒްރޭލުގެ ސިފައިންނެވެ.

މި ހަމަލާ ހަމާސްއިން ކުށްވެރިކޮށްފައިވާއިރު، ހަމާސްއިން ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް އަދި ހަމަލާ ހުއްޓާލުމުގެ  އެއްބަސްވުމަށް އިޚްތިރާމު ކުރުމަށް އިޒްރޭލަށް އިތުރަށް ޕްރެޝަރ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މީޑިއޭޓަރުންނަށް ގޮވާލާފަ އެވެ.

ހަނގުރާމަ ހުއްޓާލާ އިޒްރޭލުން ހައްޔަރުކޮށް ބަންދުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ދޫކުރުމުގެ ކަންކަން ކުރިއަށްދާއިރު، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 28 މީހުން ޝަހީދުކޮށްލާފައިވެ އެވެ.

އިޒްރޭލް ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ