ހުޅުމާލޭ ހޮސްޕިޓަލަށް 10 ފަންްގިފިލާގެ އިމާރާތެއް އިތުރުކުރަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭ ހޮސްޕިޓަލަށް 250 އެނދުގެ ޖާގަ ހިމެނޭ 10 ފަންގިފިލާގެ އިމާރާތެއް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޢަބްދުއްރައްޒާޤު ވިދާޅުވީ މި އިމާރާތް އެޅުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ހުސްކޮށް އޮތް ބިމުގައެވެ.

އަލަށް އަޅާ އިމާރާތުގައި 250 އެނދުގެ އިތުރުން ޕްރައިވެޓް ރޫމްތަކެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޢަބްދުއްރައްޒާޤު ވިދާޅުވި ގޮތުގައި މާލޭގެ ހަތަރު ހޮސްޕިޓަލެއްގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި 28 އެނދުގެ އައު ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުތައް ފުރިހަމަވުމުން ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ފޯރުކޮށްދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަނގަޅު ފެންވަރެއްގައި ޚިދުމަތް ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގް ހަލީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ