ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފްލައިޓާއެކު މޯލްޑިވިއަން ތާރީހުގެ ތެރެއަށް

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން ހިދުމަތްދިން ފުރަތަމަ ފްލައިޓުގެ ލަގަބާއެކު މޯލްޑިވިއަންގެ ނަން ތާރީހުގައި ލިޔެލައިފި އެވެ.

އިންޑީއާގެ ކޮޗިންއިން ރާއްޖެއަށް އައި މޯލްޑިވިއަން ވައިޑް ބޮޑީ މަތިންދާ ބޯޓު ވީއައިއޭއަށް ޖައްސާފައިވަނީ މިއަދު މެންދުރު ފަހުގަ އެވެ. މި ފްލައިޓު އެއާޕޯޓަށް ޖެއްސުމުން އެއާޕޯޓުން ވަނީ އެ ފްލައިޓަށް ވޯޓާ ސެލިއުޓެއްވެސް ދީފަ އެވެ.

އެމްއޭސީއެލްއިން މީގެ ކުރިން މައުލޫމާތުދިން ގޮތުގައި ފުރަތަމަ އާ ޓާމިނަލުން ހިދުމަތް ދޭނީ މޯލްޑިވިއަންގެ ފްލައިޓުތަކަށެވެ. އަދި ހިދުމަތުގެ ފެންވަރު ކަށަވަރު ކުރަމުން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރަމުން އިތުރު އެއާލައިންތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފަށާނެ ކަމަށް އެމްއޭސީއެލުން އޭރުވަނީ ބުނެފަ އެވެ.

މޯލްޑިވިއަންގެ މި ތާރީހީ ފްލައިޓު ކޮޗިން އިން ނައްޓާލިއިރު އެ ފްލައިޓުގެ ކެބިން ކްރޫއިން ތިބީ ގައުމީ ހެދުމުގަ އެވެ. އަންހެން ކެބިން ކްރޫއިން ރަތް ކުލައިގެ ފާސް ކުރި ހެދުމުގައި ތިބި އިރު ފިރިހެން ކެބިން ކްރޫއިން ތިބީ ހުދު ގަމީހާއި މުންޑުގަ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ މި އަހަރުގެ ޓޫރިސްޓް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިންތަކެއްގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.

މި ޓާމިނަލްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއިރޯ ބްރިޖްތައް ޤާއިމްކޮށްފައިވާއިރު، އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްގެ ޚިދުމަތްވެސް ލިބެން ހުންނާނެ އެވެ.

އާ ޓާމިނަލްގައި އެންމެ ފަހުގެ އޮޓޮމެޓިކް ބެގޭޖް ހޭންޑްލިން ސިސްޓަމް ޤާއިމްކޮށްފައިވާއިރު، ބެގޭޖް ހޭންޑްލިން 6 ބެލްޓް ހުންނާނެ އެވެ. މީގެއިތުރުން 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ޗެކިން ސިސްޓަމް އަދި ސީޕްލޭން ދަތުރުވެރިންނަށް ޚާއްސަ 24 ޗެކިން ކައުންޓަރު ޤާއިމްކޮށްފައިވެ އެވެ. އަދި އިމިގްރޭޝަން ޚިދުމަތްތަކަށް، ފުރާ ފަސިންޖަރުންނަށް 20 ކައުންޓަރާއި، އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރު ހުންނާނެ އެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ