އަބްދުއްރަހްމާން މަރާލި މައްސަލަ: ”އިތުރު މައުލޫމާތެއް ނެތް“!

Advertisement

އެންމެ ފަސް

Advertisement

”މީޑިއާއާ ހިއްސާކުރެވިދާނެ އިތުރު މައުލޫމާތެއް މިވަގުތު ނެތް“

އއ. މާޅޮހު އަބްދުއްރަހްމާން އާދަމްއަށް ހަމަލާދީފައި އޮށްވާ އޭނާގެ ގެއިން ފެނިފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު އެވެ. އޭނާއަށް ދީފައިވާ ބޮޑެތި އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އެރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އަބްދުއްރަހްމާން މަރާލިތާ 13 ދުވަސް ވެފައިވާއިރު، މި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. އަދި މި މައްސަލައާގުޅޭ އިތުރު ތަފުސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރަހުމުކުޑަ އަނިޔާތަކެއްދީ މަރާލާފައިވާ އޮއްވާ ފެނުނު އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސް ފުލުހުންވަނީ ހަށިގަނޑުންވެސް ސާމްޕަލްތަކެއް ނަގާފަ އެވެ. އަދި ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމްވެސް ހަދާފައިވެ އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑު މާލެގެނެސް ވަޅުލާފައިވަނީ ޖުލައި 24 ވަނަ ދުވަހު އެވެ.

އަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް މިވަގުތުވެސް މާޅޮހުގައި ފުލުހުންގެ ޓީމަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައިގައި ”ޖަވިޔަނި“އިން މިއަދު ފުލުހުންގެ މީޑިއާއާ ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ، ”މީޑިއާއާ ހިއްސާކުރެވިދާނެ އިތުރު މައުލޫމާތެއް މިވަގުތު ނެތް“ ކަމަށެވެ.

އއ. މާޅޮހުން ”ޖަވިޔަނި“އާ ވާހަކަދެއްކި ރައްޔިތަކު ބުނެފައިވަނީ، މި މައްސަލައިގައި މީހަކު ހައްޔަރު ނުކުރެވި ގިނަ ދުވަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ.

މި މައްސަލައިގައި މީގެކުރިން ފުލުހުން ވަނީ އަބްދުއްރަހްމާންގެ ގެކައިރި ސަރަހައްދެއް ބަލާފަ އެވެ. އަދި އޭނާގެ އަންހެނުންގެ ފޯނު ހިފެހެއްީކަންވެސް ހާމަކުރި އެވެ. ނަމަވެސް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފަހުން ވަނީ ފޯނު ދޫކޮށްލާފަ އެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުނުކުރިވި ގިނަ ދުވަސްވުމަކީ ކަންބޮޑުވުން އޮތްކަމެކެވެ.

އއ. މާޅޮސް އަބްދުއްރަހްމާންގެ މަރު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ