މާޅޮހުން ފިހިގެން މާލެގެނައި ދެ ބިދޭސީންނަށް އައިސީޔޫގައި ފަރުވާދެނީ

Advertisement

އެންމެ ފަސް

Advertisement

އއ. މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏަކުން އެއްޗެއް ގޮވުމުގެ ސަބަބުން ފިހުނު ދެ ބިދޭސީއަކަށް ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 20:45 ހާއިރުއެވެ. އެ ދެ ބިދޭސީންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ މާޅޮހު ސިއްހީ މަރުކަޒުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް، މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. ނަމަވެސް ދޯނީގައި ގޮވި އެއްޗަކީ ކޮބައިކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާއާ ގުޅިގެން އިތުރު އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ވެސް އަދި އެނގިފައެއް ނުވެއެވެ.

މާޅޮހަކީ މިވަގުތު ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާ ރަށެކެވެ. އެއީ މި މަހުގެ 13 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލެވުނު އަބްދުއްރަހުމާން އާދަމްގެ މަރުގެ ތަހުގީގާ ގުޅިގެންނެވެ.

އއ. މާޅޮސް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ