ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި އިންޑިއާއަކީ އެންމެ ގާތް އަދި އިތުބާރުހުރި ބައިވެރިއެއްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްރަށުގައި މަސް ޕްރޮސެސް ކުރާ ފެސިލިޓީތައް ގާއިމުކުރުމާއި، އައިސްޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީކުރުމުގައި އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
”އިންޑިއާގެ މާލީ އެހީތެރިކަމާއެކު، މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގައި އުފައްދާ މަހުގެ އުފެއްދުންތަކުގެ އަގު މަތިކުރެވި، ފެންވަރު ރަނގަޅުކޮށް، މަހުގެ މުއްދަތު އިތުރުކުރެވި، މަސްވެރި މުޖުތަމައުތަކަށް މުހިންމު ފުރުސަތުތަކެއް ވަނީ ހުޅުވިފައި،“ މިނިސްޓަރު ވިދާޅުވި އެވެ.
ގައުމުތަކުގެ ދެމެދުގައި ވަރުގަދަ އަދި އިހްތިރާމް ލިބިގެންވާ ގުޅުންތައް ދެމެހެއްޓެނީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ސިޔާސަތުތަކުންކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރު ކުރުމާއެކު ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރެވޭނެ ޚާރިޖީ ސިޔާސަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި އަދި ވިލުންވެރި ކަނޑުގެ އިގްތިސާދެއް ބިނާކުރުމަށް އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް