މިފްކޯގެ މަސްކިރާ ކައްޓާތައް ޑިޖިޓަލްކޮށްދިނުމަށް ކެޔޮޅުން ރައީސްގެ އަރިހުގައި އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

މިފްކޯގައި މަސްކިރުމަށް ބޭނުންކުރާ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކޮށްދިނުމަށް ކެޔޮޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

ކެޔޮޅުން މިގޮތަށް އެދިފައިވަނީ އިއްޔެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އޭގެ ތެރޭގައި މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީޚެއް ކަނޑައެޅުމާއި، ރާއްޖޭގެ އެންވެރިކަމުގެ ހާލަތު ދަށްވެފައިވާ މައްސަލައާއި، ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ނެގުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ހިމެނެ އެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވާފަ އެވެ. ”މަސްގަންނަ އަގު ބޮޑުކުރެވޭނީ މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވުމުން“ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭންކުން ދޫކުރާ ލޯނަށް އެދޭ އިޖުރާއަތުތައް ފަސޭހަކޮށްދިނުމަށާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މަދުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެ އެވެ.

މީގެއިތުރުން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވި އެވެ. އަދި މިފްކޯއިން ތެޔޮ ވިއްކަން ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް ކެޔޮޅުންނާ ހިއްސާކުރެއްވި އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާއި ކެޔޮޅުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގާތުން މަސައްކަތްކުރަމުންދާ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ