އޮޅުހިޔާއަށް އިތުރު 25 ބުޅާ ނަގައިފި

Advertisement

އެންމެ ފަސް

Advertisement

އޮޅު ހިޔާއަށް އިތުރު 25 ބުޅާ ނަގާފައިވާ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ މި ބުޅާތައް މިވަގުތު ބަހައްޓާފައި ވަނީ އޮޅުހިޔާގެ ކަރަންޓީން ރޫމްގެ ކޭޖުތަކުގައި ކަމަށެވެ. މިއީ މަގުމަތީގައި އުޅޭ ބުޅާތަކަށް މީހުން ގޯނާކުރާކަމުގެ ޝަކުވާތައް އިތުރުވަމުން އައުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، އޮޅުހިޔާއަށް އިތުރަށް ގެންދިޔަ 25 ބުޅަލުގެ ތެރެއިން ގިނަ ބުޅާތަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ބުޅާތަކުގެ ކިބައިގައި ތަފާތު ބަލިތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

އޮޅުހިޔާގައި ބުޅާ ކަރަންޓީނު ކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދު މިހާރު ވަނީ ފުރިފަ އެވެ. އެހެންކަމުން، އިތުރު ބުޅާތައް ގެންދެވޭނީ ކަރަންޓީން ރޫމްގައި އިތުރު ކޭޖުތަކެއް ހެދުމަށްފަހުގައި ކަމަށާއި، އެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އޮޅުހިޔާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ