ނައިބް ރައީސް ސަފީރުންނާ ބައްދަލުކުރެއްވުމުގައި އަވަދިނެތި، މިއަދު ބައްދަލުކުރެއްވީ ސައުދީ ސަފީރާ

Advertisement

އެންމެ ފަސް

Advertisement

ސައުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަދި އުޚުވަތްތެރި ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގު ވަޒަންކުރަނީ އިޚުލާސްތެރިކަމާއެކުކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމެއް އޮންނަ، އަދި ގިނަ ދުވަސްތަކެއް ވަންދެން ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށްގެން ތިބި ދެ ޤައުމެވެ. ސައުދީ ޢަރަބިއްޔާއިން ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ސައުދީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ