ރައީސް މުޢިއްޒަކީ އެހެން ލީޑަރުންނަށް ނުކެރުނު ފިޔަވަޅު އެޅުއްވި ޖެހިލުން ކުޑަ ލީޑަރެއް: ނައިބު ރައީސް

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

ނައިބު ރައީސް ވިދާޅުވީ، މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ރައީސް މުޢިއްޒު މިހާރު ނިންމަވައި ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިޔުމަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އާދަ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ރައްޔިތުން ޤަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ދާ މަންޒަރު ކަމަށް ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ ޖެހިލުންކުޑަ ނިންމެވުންތަކުގެ މިސާލުތައް ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ވޭޕް މަނާކުރުމާއި ޑްރަގާ ގުޅޭގޮތުން ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދިއުން މިއީ ކުރިން ފެނިފައިވާ މަންޒަރުތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ކުރީގެ ރައީސުންނަށް ކެރިވަޑައިނުގަތް ނިންމެވުންތަކެއް ކަމަށާއި، މިފަދަ ނިންމެވުންތަކަކީ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެކިއެކި ހިދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވަމުންދާކަންވެސް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ