އުމްރާވެރިން މޯލްޑިވިއަންގައި އުފުލަން ފަށައިފި، ތިން ދަތުރެއް ކުރާނެ!

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން މި މަހު އުމްރާގެ އަޅުކަމަށް ދާ ދިވެހިން ގެންދިއުމަށް ތިން ދަތުރެއް ކުރުމަށް ހަމަޖައްސައި، އިއްޔެ ފުރަތަމަ ދަތުރު ފަށައިފި އެވެ.

މޯލްޑިވިއަންއިން މައުލޫމާތު ދެއްވި ގޮތުގައި އިއްޔެ ކުރި ފުރަތަމަ ދަތުރަކީ މުސާފިރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ޖިއްދާއަށް ގެންދިއުމަށް ކުރި ދަތުރެކެވެ. އަދި ކުރިއަށް އޮތް ދެ ދަތުރަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުން ގެންދިއުމަށް ކުރާ ދަތުރުތަކެކެވެ.

އުމްރާވެރިން ދަތުރަށް ފުރުމަށް ބޯޓަށް އަރަނީ

މި ކަމާ ގުޅޭ ގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ”އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ދަތުރުތައް ކުރުމުގެ ފުރުސަތު ލިބުމަކީ މޯލްޑިވިއަންއަށް ލިބޭ ފަހުރެއް“ ކަމުގައެވެ.

މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި މި މަހު އެ އެއާލައިންގެ ފްލައިޓުތަކުގައި 750 ފަސިންޖަރުން އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއާއަށް ދަތުރުކުރާނެ އެވެ. އަދި މީގެ އިތުރުން، މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ހައްޖަށް ދިޔަ ފަސިންޖަރުން ވެސް މޯލްޑިވިއަންއިން ވަނީ ސައޫދީ އަރަބިއާއަށް އުފުލައިފައެވެ.

މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ