ގައުމީ އެއާލައިން މޯލްޑިވިއަންގެ އަމިއްލަ އިމާރާތެއްގެ ބިންގާ އަޅައިފި އެވެ.
މި އިމާރާތުގެ ބިންގާ އަޅާފައިވަނީ އިއްޔެ ބޭއްވި ރައްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި މޯލްޑިވިއަންގެ އެމްޑީ އިބްރާހިމް އިޔާސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
25 އަހަރުގެ ތާރީޚެއް ވާ މޯލްޑިވިއަންގެ ހުރިހާ މަސައްކަތެއް މިހާރު ކުރިއަށްދަނީ އެކި ތަންތަނުގަ އެވެ. ނަމަވެސް އާ އިމާރާތް ނިމުމުން އެއާލައިންގެ ހުރިހާ މަސައްކަތެއް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދެވޭނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި މިއީ ގައުމީ އެއާލައިންގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެކެވެ. އަދި މި އިމާރާތުގެ ސަބަބުން އެއާލައިންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޚަރަދުތައް ކުޑަކުރެވޭނެ އެވެ.
މިނިސްޓަރު އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ކުރިއެރުން ހޯދުމުގައި ރައީސް މުއިއްޒުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ އެވެ. އަދި މިއީ މޯލްޑިވިއަން ހަގީގީ ގައުމީ އެއާލައިނަކަށް ވުމުގެ މަގުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
މޯލްޑިވިއަންގެ ފަރާތުން ބުނީ މިއީ އެ ކުންފުނީގެ ތާރީޚުގައި ފަޚުރުވެރި ވަގުތެއް ކަމަށާއި، މި އިމާރާތާއެކު އައު ބާބެއް ފެށިގެންދާނެ ކަމަށެވެ. އަދި މި ކާމިޔާބީއަކީ މޯލްޑިވިއަންގެ މެނޭޖްމަންޓާއި މުވައްޒަފުންގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވިއަން ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން