4،000 ފްލެޓުގެ އެއްބަސްވުންތަކުގައި އަންނަ ހޯމައިގައި ސޮއި ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ނިންމައިފި އެވެ.

އެފްޑީސީން މިއަދު ބުނީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޖުލައި 21، 2025 ގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި، ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައިކަމަށް އެފްޑީސީން ބުނެ އެވެ. މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ޙަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވަން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ ”ފަހި ޕޯޓަލް“ މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އަންގާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު، ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް، ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް، އަދި ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު ގެންދިއުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ގެނައުމަށް އެފްޑީސީން ބުނެފައިވެ އެވެ.

އެފްޑީސީން މި 4،000 ފްލެޓް ތަރައްޤީކޮށްފައިވަނީ ފިނިޝިންގ މަސައްކަތްތައް ފުރިހަމަކޮށްފަ އެވެ. މިގޮތުން ޔުނިޓުތަކުގައި ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް، ކުލަ އަދި ފާޚާނާތައްޓާއި މޫނު ދޮންނަ ތަށި ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެ އެވެ. ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒު ކަމުގައި އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

ހުޅުމާލެ ފޭސް 2 ބޯހިޔާވަހިކަން ފަހި ދިރިއުޅުން ކޯޕަރޭޝަން ގެދޮރުވެރިޔާ ސްކީމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ