ދިވެހި މަސްވެރިކަން ޕްރޮމޯޓްކުރުމަށް ”ފްރޮމް މޯލްޑިވްސް“ ބްރޭންޑް އިފްތިތާޙްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ”ފްރޮމް މޯލްޑިވްސް“ ބްރޭންޑް އިފްތިތާހުކޮށްފި އެވެ.

މި ބްރޭންޑް އިފްތިތާހުކޮށްދެއްވީ އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުނު ”މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް“ ގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ބްރޭންޑްގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ޕްރޮމޯޓްކުރުމެވެ.

’ފްރޮމް މޯލްޑިވްސް‘ ބްރޭންޑްގެ ލޯގޯ

މި ފޯރަމްގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރެވިފަ އެވެ.

އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން މިއީ 8 ވަނަ ބައްދަލުވުމެވެ. މި ފޯރަމްތަކުގެ މަޤްޞަދަކީ ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދިނުމެވެ.

”ފްރޮމް މޯލްޑިވްސް“ ބްރޭންޑް ތަޢާރަފުކުރުމާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބި، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް ހާއްސަ މަޤާމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިނގެރޭސިވިލާތް މަސްވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ