595،000 ގަސް އިންދިއްޖެ، 6.2 މިލިޔަން ގަސް އިންދާނެ ކަމަށް ޕްލެޖްކޮށްފަ އެބަހުރި: މިނިސްޓަރ ޘާރިޤު

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 595،000 ގަސް އިންދާފައިވާ ކަމަށާއި، 6.2 މިލިޔަން ގަސް އިންދާނެ ކަމަށް އެކި ފަރާތްތަކުން ޕްލެޖްވެފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރ ޘާރިޤު އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭ ކުރިއަށްދާ ”އަހާ ފޯރަމް“ ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޘާރިޤު ވިދާޅުވި ގޮތުގައި، 5 މިލިޔަން ގަސް އިންދުމުގެ ޕްލެޖް މިހާރު 6.2 މިލިޔަނަށް އިތުރުވެފައިވަނީ އެކި ފަރާތްތަކުން ޕްލެޖްވެފައިވާ މިންވަރުގެ ސަބަބުންނެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އެ ޕްލެޖްވެފައިވާ ފަރާތްތަކާއި އިތުރަށް ގުޅިގެން ގަސްއިންދާނެ ޕްރޮގްރާމެއް ހޯދައި، އެ މަސައްކަތް ކުރަމުން ގެންދާނެ ކޮން އިރަކުންތޯ ހޯދުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

”މިހާރު އިންދާފައި ހުރި ގަސްތައް ކޮންތާކު ކޮން ބޭފުޅުންނެއްތޯ އިންދާފައި ހުރީ އެ މައުލޫމާތުވެސް ހަމަ ލިބެން ހުންނާނެ، އެހެންވީމަ އެ މަސައްކަތް މި ކުރަނީ،“ މިނިސްޓަރ ވިދާޅުވި އެވެ.

ގަސް އިންދުމުގެ މަސައްކަތް ހަލުވިކުރުމަށް އެންމެ މުހިންމު ކަމަކީ ނާސަރީއެއް އޮތުން ކަމަށް މިނިސްޓަރ ޘާރިޤު ވަނީ ފާހަގަކުރައްވާފަ އެވެ. މިހާރު ޗައިނާ ސަރުކާރުގެ އެހީގައި 50 ހާސް އަކަފޫޓުގެ ބިމެއްގައި ނާސަރީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ނާސަރީ ހެދުމުން ގަސްއިންދުމުގެ ސްޕީޑް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ޑިސެންބަރު 1 ވަނަ ދުވަހު ބޭއްވުނު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގައި އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ޕްރޮގްރާމް ފާހަގަކުރެވެ އެވެ.

މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ނިއުޓްރަލް ޤައުމަކަށް ވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެ އެވެ

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ