އެމްއެމްޕީއާރްސީގެ ނަން ”ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން“ އަށް ބަދަލުކޮށް ލޯގޯވެސް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އަށް ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

ރައީސް މުއިއްޒު ކުންފުނީގެ ނަން ބަދަލު ކުރެއްވުމުން އެ ކުންފުނިން ވަނީ ކުންފުނީގެ ލޯގޯއަށް ކުޑަ ބަދަލެއް ގެނެސްފައިވާކަން ހާމަކޮށް އާ ލޯގޯ އާންމުކޮށްފަ އެވެ.

އެމްއެމްޕީއާރްސީ އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން އިސްތިރާޖީ ގޮތެއްގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމެވެ.

ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތްތައް ހިމެނެ އެވެ.

މި ކުންފުނިން ކުރާ މަސައްކަތްތައް ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

އެމްއެމްޕީއާރްސީގެ ނަން ވިޒިޓް މޯލްޑިވްސްއަށް ބަދަލުކޮށްފައިވާއިރު އެމްއެމްޕީއާރްސީން ރާއްޖެ ޕްރޮމޯޓު ކުރުމުގައި ގިނައިން ބޭނުން ކުރަނީވެސް ވިޒިޓް މޯލްޑިވްސް ނަމެވެ.

ނަން ބަދަލުކުރުމަށް ނިންމާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީން ހިންގި ހިޔާނާތުގެ ސަބަބުން އެ ކުންފުނީގެ ނަން ހަޑިވެފައިވާތީކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިޒިޓް މޯލްޑިވްސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ