ކާށިދޫއިން 410 ގޯތި ދޫކުރަނީ، އެ ރަށަށް ބަދަލުވާން ބޭނުން މީހުންނަށްވެސް ގޯތި ލިބޭނެ!

Advertisement

އެންމެ ފަސް

Advertisement

ކ. ކާށިދޫން މީހުން ދިރިއުޅުމަށްޓަކައި 410 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައިފި އެވެ.

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،000 އަކަފޫޓުގެ ގޯތިތަކެއް ކަަމަށެވެ.

އެރަށު ކައުންސިލުން ބުނީ، މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އަދި 400 ގޯތި ދޫކުރެވޭނީ ކާށިދޫގެ ރަށްވެހިންނާއި، ކާށިދޫ ރަށްވެހިންނާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ މީހުންނަށާއި، ކާށިދޫއަށް ހިޖުރަކޮށް ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެރަށު ކައުންސިލުން ބުނެފައިވެ އެވެ. އޭގެއިތުރުން އެ ކެޓަގަރީގެ ދަށުން ކާށިދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެެސް ގޯތި ލިބޭނެކަމަށް އިއުލާންގައިވެ އެވެ.

މީގެ އިތުރުން، ކެޓަގަރީ ބީގެ ދަށުން 10 ގޯތި ޚާއްޞަ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަަަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 ޖުލައި 2025 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެނެކްސް ޝީޓާއި، ޕޮއިންޓް ޝީޓާއި، ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު ހިމެނެ އެވެ. އަދި މީގެ އިތުރުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤުރާރު ވެސް ހުށަހަޅަންޖެހެ އެވެ.

ކ. ކާށިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ