ކާށިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަށް މަސައްކަތްކުރަން، ހުރަހައަކީ ފަސެންޖަރުންގެ އަދަދު ހަމަނުވުން: ރައީސް

Advertisement

އެންމެ ފަސް

Advertisement

ކ. ކާށިދޫ އަށް ސީޕްލޭން ޝެޑިއުލް ދަތުރުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރައްވަނީ ރަށުގެ ދަތުރުފަތުރުގެ ދަތިކަން ހައްލުކޮށް، ފަތުރުވެރިކަން ފުޅާކުރުމުގެ ބޭނުމުގަ އެވެ.

ރައީސް ވިދާޅުވީ ކާށިދޫ އޮތީ ސްޓްރެޓެޖިކަލީ ގޮތުން ބަލާއިރު ފަތުރުވެރިކަމަށް ރަނގަޅު ލޮކޭޝަނެއްގައި ނަމަވެސް، ދަތުރުފަތުރަށް ހުރި އުނދަގޫކަމާއި ވަކިން އޮތް ރަށަކަށް ވުމުން ފަތުރުވެރިކަމަށް އިންވެސްޓަރުން ޝައުގުނެތް ސަބަބަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމަށް ހުރި ދަތިތައް ފިލުވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ދަތުރުފަތުރުގެ ގޮތުން ލުއިފަސޭހަ ކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރަމުން އަންނަ އާރުޓީއެލް ފެރީގެ ހިދުމަތް ކާށިދޫ އަށް ވެސް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ވައިގެ މަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖެއްސެވުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސީޕްލޭންގެ ހިދުމަތް ދޭ ދެ ކުންފުނިން ކުރެ ކުންފުންޏަކަށް މި މަސައްކަތް ހަވާލުކުރާއިރު، އެކަން ފީޒިބަލްވުމަށްޓަކައި ކޮންސްޓަންޓް ޕެސެންޖާ އަދަދެއް އެބޭފުޅުން ބޭނުންވާ އަދަދަކަށް ހަމަވާން ޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސީޕްލޭން އޮޕަރޭޓްކުރާ ކުންފުންޏަކުން އިންވެސްޓްމެންޓް ކުރާއިރު، އެ ފަރާތުން އެ ބޭނުންވާ ގޮތަށް ފީޒިބަލް ކުރުމަށްޓަކައި ދާއިމީ ގޮތެއްގައި ޕެސެންޖަރުންގެ އަދަދު ހަމަވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރައްވަނީ ރިސޯޓު ހަދާނެ ފަރާތެއް ހޯދުމާއެކު ދާއިމީ ގޮތެއްގައި ކާށިދޫގައި ސީޕްލޭން އޮޕަރޭޝަން ގެނެވޭ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ރަށުގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ކުރިން ވެސް އެ ރަށުގެ ފަޅުގައި ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލުމުން އެކަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަމެއް ފާޅުކޮށްފައިނުވާކަން ފާހަގަކުރެއްވި އެވެ. ނަމަވެސް މިހާރު ބޮޑެތި ލުއިތަކަކާއެކު އިންވެސްޓްކުރުމަށް އަނެއްކާވެސް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ”ދެހާހެއްހާ އާބާދީއެއްގެ މިހެން ވަކިން އޮންނަ ރަށަކަށް، ރަށަކާ ކައިރިން ވަޒީފާތައް ލިބުމަކީ ޒަރޫރީ ކަމެއް. އެހެންވީމަ ސަރުކާރުން ބޮޑެތި ލުއިތައް ދީގެންވެސް އިންވެސްޓަރުންނަށް ހުޅުވާލީ.“ ކަމަށެވެ. އަދި މިހާރު ކައުންސިލުން ކުރިއަށް ގެންދާ ލޯކަލް ޓޫރިޒަމް މަޝްރޫއު އަށް ވެސް ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވި އެވެ.

ދަތުރުފަތުރުކުރުން ލުއި ފަސޭހަވެ ފަތުރުވެރިކަން ފުޅާކުރުމުން ރަށަށް ގިނަ ގުނަ ފައިދާ ކުރާނެ ކަމަށާއި އެގޮތުން ރަށުގެ ވިޔަފާރިތައް ކުރިއެރުވުމަށް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ކާށިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ