ހދ. މަކުނުދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ބޭނުންވާ ބިން ފެނަކައާ ހަވާލުކޮށްފި އެވެ.
މަކުނުދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއުގައި ހެލްތް މިނިސްޓްރީ، މަކުނުދޫ ކައުންސިލް އަދި ފެނަކައިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ހޮސްޕިޓަލް އިމާރާތް ކުރުމަށް ބޭނުންވާ ބިން ކައުންސިލްގެ ފަރާތުން ފެނަކައާ ހަވާލުކޮށްފައިވަނީ އިއްޔެ އެވެ.
މި ހޮސްޕިޓަލުގައި މަކުނުދޫ އިން މިހާރު ނުލިބޭ ހިދުމަތްތަކުގެ ތެރެއިން އެކްސްރޭ ގެ ހިދުމަތްތަކާއި ރަށުގެ ރައްޔިތުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް ސްޕިޝިއަލިސްޓުން ހޮސްޕިޓަލުގައި މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މަކުނުދޫގައި ޤާއިމްކުރާ ހޮސްޕިޓަލަކީ، މަކުނުދޫ ހެލްތް ސެންޓަރު ޤާއިމްކޮށްފައިވާ ބިމާ، ވަކިން ބިމެއް މަކުނުދޫ ކައުންސިލުން ހަމަޖައްސައިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.